ވިސާ ނެތި ސްރީ ލަންކާގައި ދިރިއުޅެމުން ދިޔަ ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ލަންކާ ނޫހެއް ކަމަށްވާ ދި މޯނިންގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމީހުން ހައްޔަރުކުރީ ވިސާ ނެތް ބިދޭސީން ހޯދުމަށް ލަންކާ ފުލުހުން އިއްޔެ ކޮލަމްބޯގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. ހަތަރު ދިވެހިންގެ އިތުރުން އިންޑިއާގެ ދެ މީހަކާއި ނައިޖީރިއާގެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވެ އެވެ.
ލަންކާގައި ހަަތަރު ދިވެއްސަކު ހައްޔަރުކޮށްފައިވާކަން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވެސް ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.
އޮފިޝަލު ވިދާޅުވީ، ލަންކާގައި ހައްޔަރުކުރި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިން ވެސް އެ ގައުމުތަކުގައި ހަދާފައި ހުންނަ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކުރެއްވި އެވެ.
ލަންކާގައި 15،000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުން އަންނައިރު އެއީ އެއް ގައުމެއްގައި އެންމެ ގިނަ ދިވެހިން އުޅޭ ގައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު