ކޮވިޑްގެ ސަބަބުން އެންމެ ނުރައްކާ ބޮޑުވި ސިޓީ ހުޅުވާލަން ނިންމައިފިއެވެ.
ދުނިޔޭގެ ގައުމުތަކުން ކޮވިޑްގެ ކޭސްތައް އެންމެ ގިނަ ކަމަށް ރެކޯޑު ކޮށްފައިވަނީ އެމެރިކާގައެވެ. އެގައުމުގެ ކެލިފޯނިއާ ސިޓީ ވެފައިވަނީ ކޮވިޑްގެ ސަބަބުން އެންމެ ހާލަތު ގޯސްވި ސިޓީގެ ގޮތުގައެވެ.
ކެލިފޯނިއާ ގައި އެކަނިވެސް 3.59 މިލިއަން ކޮވިޑް ކޭސް ފެނިފައިވާއިރު އެސިޓީން ވަނީ 53706 މީހުން ބަލީގައި މަރުވެފައިވާކަމަށް ރެކޯޑް ކޮށްފައެވެ.
ކެލިފޯނިއާ އިން ބަލިކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި ފިޔަވަޅުތަކުގެ ސަބަބުން އެސިޓީގެ ކޮވިޑް ކޭސްތަކުގެ އަދަދު ޖެނުއަރީ މެދުތެރެއިން ފެށިގެން ވަނީ ދަށްވާން ފަށާފައެވެ.
އެސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް އަންނަ މަހުން ފެށިގެން ލުއިތަކެއް ދިނުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ކެލިފޯނިއާގެ ޕާކުތަކާއި ސްޓޭޑިއަމްތައް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
އޭޕްރިލް މަހުން ފެށިގެން ހާއްސަ ގައިޑްލައިނެއްގެ ދަށުން ކުޅިވަރު ކުޅުމާއި ސިނަމާތައް ހުޅުވުމަށް ވެސް އެސިޓީން ވަނީ ނިންމާފައެވެ.
ކެލިފޯނިއާގައި ހުންނަ މަޝްހޫރު ޑިޒްނީ ލޭންޑުވެސް ހަރުކަށި ފިޔަވަޅުތަކާއެކު ހުޅުވާލުމަށް މިހާރު ވަނީ ނިންމާފައެވެ.
އެމެރިކާގެ ގިނަ ސިޓީތަކެއްގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އެގައުމުން މިހާތަނަށް 28.9 މިލިއަން ކޮވިޑް ކޭސް ފެނިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. އެމެރިކާގައި އެކަނިވެސް ބަލިޖެހިގެން 522،000 އަށް ވުރެން ގިނަ މީހުން މަރުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ