މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
އިނާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.
އެމްއެމްސީން ބުނީ މި އަހަރު އިނާމު ދިނުމަށް ނިންމާފައިވަނީ 12 ދާއިރާއަކުން ކަމަށެވެ. މިފަހަރު އަލަށް ދެ ދާއިރާއަކުން އިނާމު ދިނުމަށް ނިންމާފައިވެ އެވެ. އެއީ ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއެވެ.
- ތަހުގީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާނަލިޒަމް
- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
- ސިޔާސީ
- ޝަރުއީ އަދި ގާނޫނީ
- ވިޔަފާރި އާއި އިގުތިސޯދު
- ކުޅިވަރު
- ފޮޓޯ ޖާނަލިޒަމް
- ވީޑިއޯ ޖާނަލިޒަމް
- އޯޑިއޯ ޖާނަލިޒަމް
- ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
- ފީޗާ/ ރިޕޯޓް
- އެންމެ އުންމީދީ ނޫސްވެރިޔާ
މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ނަން ހުށަހަޅަން ޖެހޭނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމާއި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ ތިން ވަނަ ދުވަހުއެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަކީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ތިންވަނަ ދުވަހު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދޭ އެވޯޑެކެވެ. ނަމަވެސް މިދިޔަ އަހަރު ކޮވިޑާ ގުޅިގެން އެވޯޑް ހަފުލާ ފަސްކުރުމަށްފަހު، ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު