ފްރާންސުގެ ކުރީގެ ރައީސް ތިން އަހަރަށް ޖަލަށް ލައިފިއެވެ.
ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީ ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
އުމުރުފުޅުން 66 އަހަރުގެ ސަރްކޯޒީ އަށް ހުކުމް އިއްވަމުން ކޯޓުން ވަނީ ފުރަތަމަ އަހަރު ސަރްކޯޒީ ގޭ ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާކަމަށް ބުނެފައެވެ. ގޭ ބަންދުގައި ހުންނަވާއިރު ޓެގް އަޅުވުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ބާކީ ދެ އަހަރު ސަސްޕެންޑް ކުރުމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ.
ސަރްކޯޒީ ގެ މައްޗަށް ވަނީ މަގާމުގައި ހުންނަވައިގެން ނުފޫޒު ބޭނުން ކުރެއްވުމުގެ އިތުރުން 2014 ވަނަ އަހަރު މެޖިސްޓްރޭޓަކަށް ރިޝްވަތު ދެއްވި ކަމުގެ ކުށް ވެސް ސާބިތު ވެފަ އެވެ.
ސަރްކޯޒީ ވެފައިވަނީ ފްރާންސުގެ ދިގު ތާރީހުގައި ޖަލު ހުކުމެއް އައިސްފައިވާ ހަމައެކަނި ރައީސް އަށެވެ. 2007 އިން 2012 އާ ދެމެދު ފްރާންސްގެ ވެރިކަން ކުރެއްވި ސަރްކޯޒީ އާ ދެކޮޅަށް އިތުރު ދައުވާތަކެއް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ