ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މަޝްހޫރު ރެޕު އާޓިސްޓު އިސްމާއިލް އިފްހާމް (ޕެސްޓް)ގެ ބަންދަަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރު ކޮށްދީފި އެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ޕެސްޓު އާއި އެކު އިތުރު ހަތަރު މީހުން ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.

ޕެސްޓްއާ އެކު ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ޖަހައިދިނީ 15 ދުވަހެވެ. އެ މުއްދަތު މިއަދަށް ހަމަވާއިރު ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ގާޒީ އާދަމް މުހައްމަދު ވަނީ ބަންދަށް 10 ދުވަސް އިތުރު ކޮށްދެއްވާފަ އެވެ.

އެ މައްސަލައިގައި ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން ޕުސްޓު ހައްޔަރު ކޮށްފައި ބެހެއްޓުމުގެ އަމުރަކަށެވެ. އެހެން ނަމަވެސް ގާޒީ ދެއްވީ 10 ދުވަހެވެ.