ސައިންސް އެންޑް ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު މަގާމުން ދުރުކޮށްގެން އިންޓަނެޓްގެ އަގު ހެޔޮ ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާނަށް ރައްދު ދެއްވައި މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަހްމަދު ސަލީމް ވިދާޅުވީ، ތަރައްގީގެ މަގުގައި އިތުރު ކުރިއެރުންތައް ރާއްޖެއަށް ހޯދޭނީ އަދި ޒަމާނީ އާ ޓެކްނޮލޮޖީ އާއި އީޖާދީ ގޮތްތަކުގެ ބޭނުން ހިފޭނީ އިންޓަނެޓުގެ ހިދުމަތުގެ އަގު ހެޔޮވެގެން ކަމަށެވެ.

އިންޓަނެޓުގެ ހިދުމަތުގެ އަގުހެޔޮ ކުރުމުގެ ސިޔާސަތު މިއަދާހަމައަށް އައިއިރުވެސް ތަންފީޒު ކުރެވިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަން ސަލީމް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެކަމުގެ ސަބަބުން ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށެވެ.

"މިނިސްޓަރ ބަދަލު ކުރުމަކުން އިންޓަނެޓް އަގު ހެވެއް ނުވާނެ. އެކަން ކުރެވޭނީ ކަންކަން ކުރަން ދަންނަ ސަރުކާރެއް ގާއިމު ކުރެވުނު ދުވަހަކުން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް އެހެން ވިދާޅުވެފައިވާއިރު، ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވަނީ މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފަ އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިގެން ފިޔަވަޅު އެޅުމުގެ ކުރިން އެކަން ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

އާޒިމް އޭރު ވިދާޅުވީ، މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެމްޑީޕީ ޓިކެޓުގައި އިންތިހާބު ކާމިޔާބު ކުރައްވައިގެން ވަޑައިގެން ހުންނެވި ބޭފުޅަކަށްވާތީ، ރައީސަށް އެވާހަކަ ނުދަންނަވައި އެމަނިކުފާނުގެ ކެބިނެޓުގެ މެންބަރަކަށް ކަމެއް ކުރުން ނުވަތަ މަގާމުން ވަކިކުރުން އެއީ ކުރާކަމެއް ނޫން ކަމަށެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮ ނުވާ މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވާފައިވަނިކޮށެވެ.