ރައްޔިތުން މިއަދު ތިބީ ގޮތް ހުސްވެފައި ކަމަށާއި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އިދިކޮޅުގެ އެހީތެރިކަން ހޯދުމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހްމަދު ސަލީމް ރައްދު ދެއްވަމުން މިއަދު ވިދާޅުވީ، ރައްޔިތުން ތިބީ ގޮތް ހުސްވެފައި ކަމަށާއި އެކަމަށް ހައްލު ހޯދުމަށް އިދިކޮޅުގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށެވެ.

ސަލީމް އެހެން ވިދާޅުވީ، މި ސަރުކާރުގެ ގޮދޮރުވެރިކަމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

"މިހާތަނަށް ސަރުކާރުން އެންމެ ގާބުރިއެއްވެސް ނުބާއްވާތީ އެ ޕްލޭންތަކަށް އަމަލީ ސިފަ ނާންނާތީ އެ ޕްލޭންތަކުގައި ކުލަޖެހެމުން ނުދާތީ ރައްޔިތުން ސަރުކާރަކަށް އިތުބާރެއް ނުކުރޭ. ރައްޔިތުން ތިބީ ވަރަށް ބޮޑަށް މަޔޫސްވެފައި. ބަދަލަކަށް ބޭނުންވެފައި. އެހެންކަމުން މިކަމުގައިވެސް އިދިކޮޅު ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ގޮވާލަން،" ސަލީމް ވިދާޅުވި އެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ޕްލޭން ކުރަމުންދާ ވާހަކަ ދައްކަނީ އެއްވެސް ޕްލޭނެއް ނެތި، ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަންވެގެން ކަން ސަލީމް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް އޮޅުވާލައި ގުޅިފަޅުން ދޭން ވައުދުވި ގޯތިތަކާ ބޯހިޔާވަހިކަން ބިލާހަކަށް ވުމުން، ވެރިކަންކުރާ ޕާޓީގެ ބައެއް މެންބަރުންގެ އުދާސްތަކަށް ފިނިކަމެއް ހޯދައިދޭން ދައްކާ ވާހަކަ ތަކެއް ކަމަށެވެ.

"ރައީސް ޔާމީންގެ ހިޔާ މަޝްރޫއުގެ 7000 ފްލެޓް، އޭގެ ހައްގުވެރީންގެ އަތުން ނިގުޅައިގަނެ، އެހެން ބަޔަކަށް ދިނުމަކީ ވަރަށް ބޮޑު ބޭއިންސާފެއް، ރައްޔިތުންނަށް ސަރުކާރުންދިން އަނިޔާއެއް. މި މައްސަލަ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި ފްލެޓްތައް އަތުލި ފަރާތްތަކަށް އެފުލެޓްތައް ވަގުތުން ދިނުމަށް ސަރުކާރަށް ގޮވާލަން. އަދި މިފަދަ ހަޑިމުޑުދާރު އަމަލުތައް ނުކުރުމަށްވެސް ގޮވާލަން. މިއީ އެންމެ ބޮޑެތި އަނިޔާވެރި މުޖުރިމުންވެސް ނުކުރާ ޒާތުގެ ކަންކަން،" ސަލީމް ވިދާޅުވި އެވެ.

ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ ބޯހިޔާވަހިކަން ނެތުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް މިހާތަނަށް އެންމެ ބޮޑު މަޝްރޫއެއް ހިންގެވީ ކުރީގެ ރައީސް ޔާމީން ކަން ސަލީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަން ފެށުމާ ހަމައަށް ހުޅުމާލޭގައި އިމާރާތްކޮށްފައި ވަނީ 2050 ހައުސިން ޔުނިޓް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ 5 އަހަރުގައި ގާތްގަނޑަކަށް 11610 ހައުސިން ޔުނިޓް ހުޅުމާލޭގައި ހެއްދެވި ކަމަށެވެ.