މިޔަންމާގައި ކުރަމުންދާ މުޒާހަރާ ތެރެއަށް ބަޑިޖަހައި ދެމީހަކު މަރާލައިފިއެވެ.
މިޔަންމާގެ ސަރުކާރު ބަގާވާތަކުން ވައްޓާލައި ގައުމުގެ ހުރިހާ ބާރެއް މިލިޓަރީގެ ދަށަށް ގެންގޮސްފައިވާއިރު ބަގާވާތާ ދެކޮޅަށް އެގައުމުގެ އާންމުން ވަނީ މަގުތަކަށް ނިކުމެ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ.
މިޔަންމާގެ މަގުތަކުގައި ކުރަމުން ގެންދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ކަރުނަ ގޭހުގެ އިތުރުން ފެން ޖަހައި މުޒާހަރާ ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ.
އިއްޔެ އެ ގައުމުގެ މަންޑޭލޭ ސިޓީގައި ކުރިޔަށްދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން އަސްލު ވަޒަން ބޭނުން ކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މުޒާހަރާތެރެއަށް ބަޑިން ދިން ހަމަލާތަކުގައި 30 މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާއިރު ދެމީހަކު ވަނީ ފަރުވާ ދެމުން އަންނަނިކޮށް މަރުވެފައިކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި ބަގާވާތާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އަނިޔާވި ޒުވާން އަންހެންކުއްޖަކުވެސް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވެއެވެ.
މިޔަންމާގެ ލީޑަރު އަންގް ސަންގް ސޫކީ ހިމެނޭހެން އެގައުމުގެ ސަރުކާރުގެ އިސް ގިނަ މީހުންތަކެއް ހައްޔަރުކޮށްފައިވާއިރު މިލިޓަރީން ވަނީ އެ ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އަދި މަގުތަކަށް ސިފައިން ނެރެ މިލިޓަރީ ގެ ބާރުގެދަށަށް މުޅި ގައުމު ވަނީ ގެންގޮސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ