ބެލަރޫސް ގައި މުޒާހަރާ ލައިވްކުރި ދެ ނޫސްވެރިން ޖަލަށްލައިފިއެވެ.
ބެލަރޫސްގެ ފުލުހުން އަނިޔާކޮށް މަރާލާފައިވާ އިދިކޮޅު އެކްޓިވިސްޓެއްގެ ހަނދާނުގައި ބޭއްވި އެއްވުން ލައިވް ކޮށްފައިވަނީ އެގައުމުގެ ބެލްސެޓް ޓީވީ ޗެނަލްގެ ދެ ނޫސްވެރިންނެވެ.
ބެލަރޫސްގެ ކޯޓުން ހުކުމް ކުރީ އުމުރުން 23 އަހަރުގެ ޑަރީޔާ ޗުލްޓްސޯވާ އާއި 27 އަހަރުގެ ޔެކަތުރީނާ އެންޑްޔެވާ ދެއަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
ހުކުމް އިއްވަމުން ކޯޓުން ވަނީ އެ ދެނޫސްވެރިން މުޒާހަރާ ލައިވް ކުރުމުގެ ސަބަބުން ގިނަ ބަޔަކަށް މުޒާހަރާގެ މައުލޫމާތު ލިބުމާއެކު މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު އިތުރުވެ އެސަރަހައްދުގެ އަމާން ގެއްލިފައިވާކަމަށް ބުނެފައެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު ބެލަރޫސްގައި ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމަށް ތުހުމަތުކޮށް ރައީސްގެ އިސްތިއުފާއަށް ގޮވައި އެގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިންގާފައެވެ.