އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ސުމަޓްރާ ކައިރިއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށާއި ނަމަވެސް ރާއްޖެއަށް އެ ބިންހެލުމުގެ އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މިއަދު ހަވީރު 5:52ގައި އެ ބިންހެލުން އައިސްފައިވަނީ ސުމަޓްރާގެ ކަނޑުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ. އެއީ މާލެއާ 3312 ކިލޯމީޓަރު ދުރުންނެވެ.
އެ ބިންހެލުމުގެ އިތުރުން ލޯޔަލްޓީ އައިލެންޑްސްގެ އިރުދެކުނުން ވެސް މިއަދު އިރުއޮއްސި 6:20ގައި 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. މާލެއާ 10،990 ކިލޯމީޓަރު ދުރުން އައި އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު