ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓާސް (އެމްއޭއޭސީ) އާއި މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓްސް އިންފޮމޭޝަން (އެމްސީއޭއޭސީއާރްއެސް) އަދި މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އެކްސްޗޭންޖް އޮފް ކަންޓްރީ ބައި ކަންޓްރީ ރިޕޯޓްސް (އެމްސީއޭއޭސީބީސީ)ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް ސޯލިހު މިގޮތަށް ނިންމަވާފައި މިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅޭގޮތުން ވާޗުއަލްކޮށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ މެދު މަޝްވަރާކުރެއްވުމަށް ފަހުއެވެ.
އެމްއޭއޭސީ އަކީ ޓެކްސް ދެއްކުމަށް މަކަރު ހަދައި، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަތުމަށާއި މެންބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށާއި ޓެކުހާގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވައިލާފައިވާ މުއާހަދާއެކެވެ. އަދި މި މުއާހަދާގައި އެއްބަސްވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އެމްސީއޭއޭ ތަކުގައި ބައިވެރިވާ ގައުމުތަކުން ސޮއިކުރަންޖެހެއެވެ.
މި މުއާހަދާގައި ބައިވެރިވުމުގެ ބޭނުންތަކުގެ ތެރޭގައި، ގްލޯބަލް ފޯރަމް މެންބަރެއްގެ ގޮތުން އެކްސްޗޭންޖް އޮފް އިންފޮމޭޝަން ނިޒާމެއް ގާއިމުކުރުމާއި، އިންކްލޫސިވް ފްރޭމްވޯކް އޮން ބޭސް އިރޯޝަން އެންޑް ޕްރޮފިޓް ޝިފްޓިން (ބެޕްސް)ގެ ދަށުން ޓެކްސް ޓްރާންސްޕޭރަންސީއާ ގުޅުންހުރި އެކްޝަންތައް ތަންފީޒުކުރުމާއި ޔޫރަޕިއަން ޔޫނިއަން ލިސްޓް އޮފް ނޮން-ކޯޕަރޭޓިވް ޖުރިސްޑިކްޝަންސް ފޯ ޓެކްސް ޕާޕަސަސްގައި ދިވެހިރާއްޖެ ނުހިމެނުމަށް ވެފައިވާ ކޮމިޓްމަންޓްތައް ފުރިހަމަކުރުން ހިމެނެއެވެ.
އެ ލިސްޓަކީ، ޓެކުހަށް މަކަރުހެދުމާއި، ޓެކްސް ދެއްކުމުން އެއްކިބާވުމާއި، މަނީ ލޯންޑަރިން ފަދަ ކުށްތައް ދެނެގަތުމަށް އެކުލަވައިލާފައިވާ ޓޫލްއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު