މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގދ. ތިނަދޫ ބަނދަރު ސަރަހައްދުގައިވާ 16 ނަންބަރު ގާޑިއާއިން ހިދުމަތް ހޯދި ފަރާތްތައް ކަރަންޓީނުވާން އަންގައިފިއެވެ.
ތިނަދޫން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އައްޑޫން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި މީހަކު ތިނަދޫގައި ހުއްޓައި ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ވަނީ މޮނިޓަރިންއަށް ލައިފައެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެރަށުން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، މިދިޔަ ބުރާސްފަތު ދުވަހުން ފެށިގެން ތިނަދޫ ބަނދަރު ސަރަހައްދުގައިވާ 16 ނަންބަރު ގާޑިއާއިން ހިދުމަތް ހޯދި ފަރާތްތައް ރޫމް އައިސޮލޭޓްވުމަށްފަހު، ހޮސްޕިޓަލްގެ ހޮޓްލައިން، 7934641 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަކުރެވޭނަމަ އެ ހޮސްޕިޓަލުގެ ހޮޓްލައިނަށް ގުޅައި ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު