އިންޓަނެޓްގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އެމްބެސެޑަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ޓެކްނޮލޮޖީ މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި މުޅިން އަލަށް ފެށި މި ފްރޮގުރާމް އިފްތިތާހު ކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ އަމާޒަކީ އިންޓަނެޓް ހެޔޮގޮތުގައި ބޭނުން ކުރުމުގައި ސަމާލުވާންވީ ކަންކަމާއި އޮންލައިންކޮށް އުޅޭއިރު ދިމާވެދާނެ ގޮންޖެހުންތަކާމެދު ކުދިން ހޭލުންތެރިކުރުވައި، އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތް ކިޔަދިނުމުގެ އިތުރުން ކަމެއް ދިމާވެއްޖެނަމަ ކަންކުރާނެ ގޮތް ކިޔައިދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގުރާމުގެ އަމާޒަކީ މި މައުލޫމާތުގެ އަލީގައި ދިމާވެދާނެ ގޮންޖެހުންތަކާމެދު އެހެން ކުދިން ހޭލުންތެރި ކުރުވުމަށް އެމްބެސެޑަރުންގެ ހައިސިއްޔަތުން އަމިއްލައަށް އިސްނަގައިގެން އެކުދިންނަށް ސްކޫލު ފެންވަރުގައި ކުރެވިދާނެ ކަންކަން ރާވައި ހިންގުން ކަމަށެވެ.
މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ ބުރުގައި 12 ދަރިވަރަކު ބައިވެރިވެއެވެ. މި ޕްރޮގުރާމުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޕްރައިވަސީ އާއި ސެކިއުރިޓީ، ސައިބާ ބުލީން، މޯރަލް ކޮމްޕަސް އަދި ޑިޖިޓަލް ފްރެންޑްޝިޕް ހިމެނެ އެވެ.
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ އަމާޒަކީ އެ މިނިސްޓްރީގެ ޕާޓްނަޝިޕްތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި ޕްރޮގުރާމް ކުރިއަށް ގެންދިއުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު