މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، މާދަމާ ހެނދުނު 9:00 ގައި ރިޔާސީ ބަޔާން އިއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ބުނީ މަޖިލިސް އިދާރާގައި ބާއްވާ އެ ޖަލްސާގައި މާދަމާ ހެނދުނު 9:00 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާނެ ކަމަށެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.
މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިތުރުވުމާ ގުޅިގެން މަޖިލިސް ހުޅުވާ ޖަލްސާއަށް ދައުވަތު އަރުވާ ބޭފުޅުންގެ އަދަދު ވެސް ވަނީ މަދުކޮށްފައެވެ. އެގޮތުން ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިކަނބަލުންނާއި ފިރިކަލުންނަށް ދައުވަތު އެރުވި ނަމަވެސް، ކޭސްތައް އިތުރުވުމާ ގުޅިގެން އެ ދައުވަތުތައް ވަނީ ކެންސަލްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ޖަސްލާތައް ނިންމާލައި، މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ލޯކަލް ކައުންސިލު އިންތިހާބު ނުބޭއްވި ލަސްވަމުން ދާތީ އިންތިހާބު ބޭއްވޭނޭ ގޮތް ހެދުމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް މިދިޔަ މަހު ދައުރުން ބޭރުން ޖަލްސާތަކެއް ވަނީ ބާއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު