މިއަހަރުގެ މިހާތަނަށް އެމެރިކާގައި ލައްކައަކަށްވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.
ކޮވިޑްގެ ހާލަތު އެންމެ ގޯސްފެވެފައިވާ އެމެރިކާގައި ޖެނުއަރީ އެކަކުން ފެށިގެން މިހާތަނަށް 100،317 މީހުން މަރުވެފައިވާކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން އާންމު ކޮށްފައިވާ ޑޭޓާތަކުން ދައްކައެވެ.
ބަލިމަޑުކަމުގައި މިހާތަނަށް ޖުމުލަ ހަތަރު ލައްކައަށްވުރެ ގިނަ މީހުން އެމެރިކާގައި މަރުވެފައިވާއިރު އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދުވެސް ވަނީ 26.5 މިލިއަނަށް އަރާފައެވެ.
އެމެރިކާގެ ކޮވިޑުގެ ހާލަތު އެންމެ ގޯސްވެފައިވާ ސިޓީ ކަމުގައިވާ ކެލިފޯނިއާގައި އެކަނިވެސް 41،581 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު މިހާތަނަށް 3.35 މިލިއަން ކޭސް އެ ސިޓީން ފެނިފައި ވެއެވެ.
ކޮވިޑާ ދެކޮޅަށް އެމެރިކާގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު އެގައުމުގައި އަންނަނީ ވެކްސިން ވެސް ދޭން ފަށާފައެވެ.
ކޮވިޑްގެ ހާލަތުން ދުނިޔޭގެ ގިނަ ގައުމުތައް އަރައިގަނެވިފައި ނުވާއިރު މިހާތަނަށް 103 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާކަމަށް ރެކޯޑް ތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ