ދެ މަސް ފަހުން ނިއުޒިލެންޑުގެ އާންމުންގެ ތެރެއިން ކޮވިޑް ކޭހެއް ފެނިއްޖެއެވެ.
ކޮވިޑް ކޭހެއް ނުފެނި ދެމަސް ދުވަސް ފަހުން ކޭހެއް ފެނިފައިވަނީ އެގައުމަށް ބޭރު ގައުމަކުން އެތެރެވި މީހަކާއި ކޮންޓެކްޓް ވެފައިވާ މީހެއްގެ ފަރާތުންނެވެ.
ނިއުޒިލެންޑުގެ އޮފިޝަލުން ބުނީ ބޭރުގައުމަކުން އެތެރެވި މީހާ އަކީ އޭނާގެ ހަށިގަނޑުން އެފްރިކާއިން ފެނިފައިވާ އާ ވޭރިއަންޓް ފެނުމުން އައިސޮލޭޓްކޮށް ދެ ހަފުތާ ފަހުން ހެދި ޓެސްޓުތަކުން ނެގެޓިވް ވުމުން ދޫކޮށްލާފައި ހުރި މީހެއް ކަމަށެވެ.
އެމީހާއާ ކޮންޓެކްޓްވެ ޕޮޒިޓިވް ވެފައިވަނީ 56 އަހަރުގެ އަންހެނެއް ކަމަށް އެގައުމުން ބުނެފައި ވެއެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި 15 މީހުން ހޯދިފައިވާ ކަމަށް ބުނެފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ހަރުދަނާ އަދި ކާމިޔާބު ފިޔަވަޅުތަކެއް އަޅާފައިވާ ނިއުޒިލެންޑުން ގިނަ ދުވަސްތަކަކަށްފަހު އާ ކޭހެއް ފެނުމުން އިތުރަށް އަޅާނެ ފިޔަވަޅުތަކާ މެދު އެގައުމުގެ ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ