ހަ މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި ރޯވެ އަނދައި ހުލިވެ، އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލެއިން ހދ. ހަނިމާދުއަށް ދަތުރުކުރަމުންދިޔަ "ނައުޓިލަސް ވަން" ސަފާރީގައި އަލިފާން ރޯވެފައިވަނީ ކ. ކާށިދޫގެ ހުޅަގުން 13 ނޯޓިކަލް ބޭރުން ކަމަށެވެ.
އެ ދޯނީގައި ތިބީ ފަސް ދިވެހިންނާއި ބިދޭސީއެއް ކަމަށާއި އެ އެންމެންނަކީ ވެސް އެ ސަފާރީގެ ފަޅުވެރިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ރޭ ދަންވަރު 3:39 ހާއިރެވެ.
އެމްއެންޑީއެފުން ބުނީ ސަފާރީގައި އަލިފާން ރޯވުމާއެކު އޭގައި ތިބި ހަ ފަޅުވެރިން ޑައިވިން ދޯންޏަށް އަރާފައިވާ ކަމަށެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށާއި ޑައިވިން ދޯނީގައި އެމީހުން މި ވަގުތު ދަތުރުކުރަނީ ބ. ދަރަވަންދޫއަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އަލިފާން ރޯވި ސަރަހައްދަށް ގޮސް، އެމްއެންޑީއެފް ފަޔާ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހެނދުނު 6:44ގައި ސަފާރީ ކަނޑު އަޑިއަށް ގޮސްފައިވާ ކަމަށް އެންއެންޑީއެފުން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު