ޚަބަރު

ދިރާގުން ސެމްސަންގް ގެލެކްސީ އެސް 21ގެ ފޯނުތަކަށް ޕްރީ އޯޑަރަށް ހުޅުވާލައިފި

ދިރާގުން ސެމްސަންގް ގެލެކްސީ އެސް 21 ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.

ދިރާގުން ސެމްސަންގް ސީރީޒް 5ޖީ ފޯނުތަކަށް ޕްރީ އޯޑަރަށް ހުޅުވާލީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

ދިރާގުން ބުނީ ޕްރީ އޯޑަރުކޮށްގެން ފޯނު ގަންނަ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން އެ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ހިލޭ 10 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބިގެންދާނެ ކަމަށެވެ.

ޕްރީއޯޑަރު ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21 އަދި އެސް 21+ އާއެކު ސެމްސަންގް ފިޓް 2 އަކާއި ގެލެކްސީ ސްމާޓް ޓެގެއް ލިބޭނެއެވެ. އޭގެ އިތުރުން ގެލެކްސީ އެސް 21 އެލްޓްރާ 5ޖީ ޕްރީ އޯޑަރުކުރާ ފަރާތްތަކަށް ސްމާޓް ޓެގަކާއި ގެލެކްސީ ބަޑްސް ލައިވްއެއް ލިބޭނެއެވެ. ސެމްސަންގް އެސް 21 ސީރީޒްގެ ފޯނުތަކަކީ ދިރާގު 5ޖީ ނެޓްވޯކާއި ދިރާގު އީ ސިމް ބޭނުންކުރެވޭ ފޯނުތަކެކެވެ.

އެސް 21 ފޯނުތަކުގެ ސްކްރީންތައް ކުރީގެ ފޯނުތަކާ ތަފާތުވުމުގެ އިތުރުން ވަރުގަދަ ބެޓަރީއެއް ހިމަނާފައިވެއެވެ. އަދި މީގެ އިތުރުން އެސް 20ގެ ފޯންތަކަށްވުރެ ވަރުގަދަ ކެމެރާތަކެއް އެސް 21 ގައި ހިމެނެއެވެ.

ސެމްސަންގް އެސް 21 ފޯނުގައި 6.1 އިންޗީގެ ސްކްރީނެއް ހުރެއެވެ. އަދި އެސް 21 ޕްލަސްގައި 6.7 އިންޗީގެ ސްކްރީނެއް ހިމަނާފައިވާ އިރު، އެސް 21 އަލްޓްރާގެ ސްކްރީނުގައި ހުންނާނީ 6.8 އިންޗިއެވެ.

ދިރާގުން އެސް 21 ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރުކުރުމަށް