މިއަދުން ފެށިގެން، 10،000 ޑޮލަރަށް ވުރެ މަތިން ނަގުދު ފައިސާ ބޭރުކޮށް އެތެރެކުރާ ނަމަ، މޯލްޑިވްސް ކަސްޓަމްސް އަށް ރިޕޯޓުކުރަން ޖެހޭނެ ކަން އަންގައި ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ކަސްޓަމްސަށް ރިޕޯޓްކުރަން ޖެހޭ އަދަދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނައި ބަދަލަށް އަމަލުކުރަން ފަށައިފި އެވެ.
މި ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އެގޮތުން މީގެ ކުރިން ރާއްޖެ އެތެރެ ކުރާ އަދި ބޭރުކުރާ ނަގުދު ފައިސާގެ އަދަދު 30،000 ޑޮލަރަށްވުރެ މަތިވާނަމަ އެކަން ކަސްޓަމަށް އެންގުމަށް މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމް ފައިނޭންސް ކުރުމުގެ ގާނޫނުގައި ބުނެފައިވާއިރު މި ގާނޫނަށް ގެނައި އިސްލާހާ އެކު މިއަދަދު ވަނީ 10،000 ޑޮލަރަށް ކުޑަކޮށްފަ އެވެ.
އެހެން ކަމުން މިއަދުން ފެށިގެން މި އަދަދަށްވުރެ އިތުރަށް ނަގުދު ފައިސާ އެތެރެ ކުރުމާއި ބޭރު ކުރުމަކީ ގާނޫނީ ފިޔަވަޅު އެޅޭނެ ބޮޑު ކުށެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު