ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން މިއަހަރުގެ މާޗު މަހުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕް ރަސްމީކޮށް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.
އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ފަސްވަނަ އިންޓޭކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ 20 ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން މިކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. މި ޕްރޮގްރާމްގެ ފަސް ވަނަ އިންޓޭކް ފެށުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.
އިންޓާރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮންނަން ޖެހެ އެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް ވެސް އޮންނަން ޖެހެ އެވެ.
މެޑިކަލް އިންޓާންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅާން ޖެހޭ ހުރިހާ ލިޔެކިޔުންތަކާއި އެކު އައިޖީއެމްއެޗްގެ "މެޑިކަލް އިންޓާންޝިޕް ސެކްރެޓޭރިއެޓް އޮފީހުގެ މެއިލް [email protected] ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު