ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމަށް އެ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ބޭނުންވާތީ އަހުމަދު އިލްހާޒް/ މއ. ގްރީންލައިޓް/ A335939 އާއި މުހައްމަދު ޔާމީން/ ދަފްތަރު 856/ A157778 ހޯދަމުން އަންނަ ކަމަށެވެ.
އެހެންކަމުން، އެމީހުން އެކޮމިޝަންގެ ހިލޭ ގުޅޭ ނަންބަރު 1424 އަށް ގުޅުން އެދޭކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.
މީގެ އިތުރުން އެމީހުންގެ މައުލޫމާތު އެނގޭ ފަރާތްތަކުންވެސް އެ ކޮމިޝަނަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު