އއ. އުކުޅަހުގައި ކައިޓް ސާފް ކުރަނިކޮށް، އެރަށު ރިވެޓްމެންޓަށް ވެއްޓި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އުކުޅަހު ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް "ވަން" އަށް ވިދާޅުވީ މިއަދު ހަވީރު 4:30 ހާއިރު ކައިޓް ސާފް ކުރަން އުޅުނު ޒުވާނަކު ކޮންޓްރޯލުން ނައްޓައިގެން، ރަށުގައި ޖަހާފައިވާ ރިވެޓްމެންޓް މައްޗަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭނާގެ ނިއްކުރިން ހަތަރު އިންޗި ވަރު ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ފަޔަށާއި އަތަަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ޝައުކަތު ވިދާޅުވިއެވެ.
ޝައުކަތު އިތުރަށް ވިދާޅުވީ އޭނާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު