ކޮވިޑް ބަލިމީހުންގެ ހަށިގަނޑުގައި ހަމަސް ދުވަސްވަންދެން އަލާމާތްތައް ހުންނަ ކަމަށް ޗައިނާއިން ހެދި ދިރާސާ އަކުން ދައްކައިފިއެވެ.
ވުހާންގެ 1700 އަށް ވުރެން ގިނަ ބަލިމީހުންގެ މައުލޫމާތު ދިރާސާކޮށް ހޯދި ހޯދުންތަކުން ވަނީ އެމީހުންގެ ތެރެއިން 76 އިންސައްތަ މީހުންނަށް ފަރުވާއަށް ފަހު ދޫކުރުމުން ވެސް ގިނަ ދުވަސްތަކަކަށް ބަލީގެ އަލާމާތް ހުންނަ ކަމަށް ދައްކައިފައެވެ.
ދިރާސާއިން ވަނީ ކޮވިޑުން ސަލާމާތްވެފައި ތިބޭ މީހުންނަށް ގިނަ އުނދަގޫތަކެއް ކުރިމަތިވާކަމަށް ވެސް ހޯދިފައެވެ. އެގޮތުން ބައެއް މީހުންނަށް ނިދަން އުނދަގޫވުމާއި ކޮވިޑް ޖެހުމުން ފެންނަ ގިނަ އަލާމާތްތައް ފެންނަ ކަމަށް މި ހޯދުމުން ވަނީ އެނގިފައެވެ.
ކޮވިޑްގެ ބަލިމީހުންގެ ތެރެއިން ހާލު ދެރަވި ނަމަވެސް ބަލިން ރަނގަޅުވެފައިވާ މީހުންނަށް ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަން ވެސް ދިރާސާއިން ފާހަގަކުރެވިފައި ވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެންދަނީ ކޮވިޑާ ގުޅުން ހުރި ގިނަ ދިރާސާތަކެއް ކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ