ކޮވިޑުގެ އާ ވޭރިއަންޓް ޖަޕާނުންވެސް ފެނިއްޖެ އެވެ.
ކޮވިޑްގެ އާ ވޭރިއަންޓް ޖަޕާނުން ފެނިފައިވަނީ އެގައުމަށް ބްރެޒިލް އިން ދަތުރުކުރި މީހެއްގެ ފަރާތުން ކަމަށް ޖަޕާނުން ބުނެއެވެ.
ޖަޕާނުގެ ހެލްތު މިނިސްޓްރީން ވަނީ މިއީ ކޮވިޑްގެ އާ ވޭރިއަންޓް ފެނުނު ފުރަތަމަ ފަހަރުކަމަށް ބުނެފައެވެ. އެއާއެކު އިތުރު ތަހުލީލުތަކެއް ކޮށް ވައިރަހަށް ވެކްސިން މަސައްކަތް ކުރޭތޯ ބެލުމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށް އެގައުމުން ބުނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ޖަޕާނުން ފެނިފައިވާ އާ ވޭރިއަންޓް އާއި ޔޫކޭ އަދި އެފްރިކާގެ ވޭރިއަންޓާ ތަފާތު ކަމަށެވެ. ޖަޕާނުން ފެނުނު ވޭރިއަންޓުގެ ބާރު ދަށްވެފައި ފެތުރޭ ނިސްބަތްވެސް ކުޑަކަމަށް އެގައުމުން ހަދާފައިވާ ޓެސްޓުތަކުން ދައްކާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެއެވެ.
ޖަޕާނުގެ ހަނޭޑާ އެއާޕޯޓުން އެތެރެވެފައިވާ އެމީހާގެ ހަށިގަނޑުން އަލާމާތްތައް ފެނި ހެދި ޓެސްޓުން ކޮވިޑް ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު އެމީހާއާ އެކުގައި ދަތުރުކުރި އިތުރު ތިން މީހަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.