މިފްކޯ އިން ވިއްކާ ފަސްމީރު ބްރޭންޑް ވަޅޯމަހުގެ އަގު ހެޔޮކޮށްފި އެވެ.

މިފްކޯ އިން ބުނީ ކުރިން 120 ރުފިޔާއަށް ކިލޯއެއް ވިއްކި ވަޅޯ މަހުގެ އަގު މިހާރު 105 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.

މަސްވެރިންގެ އަތުން މަސްގަތުމަށް ގެނައި ބަދަލުގެ ސަބަބުން މިފްކޯ އިން ވިއްކާ ދަޅުމަހުގެ އަގުވެސް ވަނީ ހެޔޮކޮށްފަ އެވެ. އެގޮތުން ގެނައި ބަދަލާއެކު ކުރިން 640 އަށް ވިއްކާ ތެޔޮ މަސްދަޅު ކޭހެއް މިހާރު ލިބޭނީ 575 ރުފިޔާއަށެވެ. އަދި ކުރިން 13.50 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅެއް މިހާރު ލިބޭނީ 12.25 ރުފިޔާއަށެވެ.

ކުރިން 595 ރުފިޔާއަށް ވިއްކި ފެން މަސްދަޅު ކޭހެއް މިހާރު ލިބޭނީ 530 ރުފިޔާއަށެވެ. އަދި ކުރިން ވަކިން 12.50 ރުފިޔާއަށް ވިއްކި ފެން މަސްދަޅެއް މިހާރު ލިބޭނީ 11.25 ރުފިޔާއަށެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ރައްޔިތުންނާ ގާތުން ތާޒާ އަދި ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.