ކުރިއަށް އޮތް ޓްރާންސްފާ ސީޒަނުުގައި އާސެނަލްއިން ސްކޮޑު މަދުކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
އާސެނަލްއިން މިހާރު އޮތް ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިން އެއްވެސް ގޮތަކަށް މެޗުތަކުގައި ބޭނުން ނުކުރާ އިރު، ޓީމުގައި އެންމެ މުސާރަ ބޮޑުކޮށް ހުރި ކުޅުންތެރިޔާ މެސުޓް އޮޒިލް އެއްވެސް މުބާރާތެއްގެ ސްކޮޑުގައި ހިމަނައިފައެއް ވެސް ނުވެއެވެ.
އޮޒިލް އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާ އިރު، އޭގެ ކުރިން އޮޒިލް ވަނީ ކޮންޓްރެކްޓް އުވާލަ ދޭންވެސް އެދިފައެވެ. އޭނާގެ އިތުރުން ޝްކޮޑްރަން މުސްތާފީއާއި ސައިދު ކޮލަސިނެޗްވެސް އާސެނަލްއިން 2020-21 ގައި ކުޅުނު މެޗުތަކުގައި ފެނުނީ މަދު ފަހަރެއްގައެވެ.
"ބައެއް މަގާމުތަކަށް ކުޅޭ ކުޅުންތެރިން މާގިނަ. ޔަގީނުންވެސް ކުރިއަށް އޮތް ޓްރާންސްފާ ސީޒަންގައި ބައެއް ކުޅުންތެރިން ލޯނަށް، އަނެއްބައި ކުޅުންތެރިން އެއްކޮށް ކްލަބު ދޫކޮށް ދާނެ،" އާޓެޓާ ބުނެފައިވެއެވެ.
ބޮސްނިއާގެ ޑިފެންޑަރު ކޮލާސިނިޗް ކުރީގެ ކްލަބު ޝާލްކޭއަށްދާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވާއިރު، އާޓެޓާ ބުނެފައި ވަނީ ސްކޮޑުގައި ތިބި ކުޅުންތެރިންގެ އަދަދު މާ ބޮޑަށްވެސް ގިނަ ކަމަށާއި، ދާނެ ކުޅުންތެރިންނާއި ދާނެ ކްލަބުތައް އަދި ޔަގީން ނުވާ ކަމަށެވެ.
އާސެނަލްއިން ލީގު ޓޭބަލްގެ 13 ވަނައިގައި އޮތް އިރު، ދަށް މެޗުތަކަކަށްފަހު މިހާރު އެޓީމުން ވަނީ ފޯމް ރަނގަޅުކޮށްފައެވެ. އެންމެފަހުން ޗެލްސީއާއި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުތައްވެސް އާސެނަލްއިން ކާމިޔާބުކޮށްފައިވާ އިރު، އެޓީމުން އެ ދެމެޗުން މޮޅުވީ ހަތް މެޗުގައި މޮޅެއް ނުލިބި އޮތުމަށްފަހުއެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް