ވ. ރަކީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި އެމްޓީސީސީން ނިންމާލައިފި އެވެ.
އެމްޓިސީސީން މިއަދު ބުނީ މި މަޝްރޫއުގެ މަސައްކަތުގެ 65 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް މިއަދު ޕްރޮޖެކްޓް ސައިޓަށް ބާލާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 5،554 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި، މިހާރު ބޭނުންކުރަމުން އަންނަ ނެރުގެ 100 ކިއުބިކް މީޓަރު ފުންކުރުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 594 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ޖުމުލަ 18.5 މިލިއަން ރުފިޔާގެ މި މަޝްރޫއު ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު