އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަޙްމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ފާޠިމާގެ ކެއުޅާރާ ބީފާނުގެ ސަންފާބީފާނުގެ ދަރިކަލުން އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނު (އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު)ގެ އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑު ފުތް ތަކުރުފާނުގެ ބޮޑު ދޮން ޙުސައިން ތަކުރުފާނުގެ ތުއްބީގެދަރު އަޙްމަދު ތަކުރުފާނުގެ ތުއްބީގެދަރު ދޮން ޢަލި ތަކުރުފާނުގެ ޙުސައިން ތަކުރުފާނުގެ ދި އައްޑޫ ހިތަދޫ ތުއްބީގޭ މަރްޔަމްފާނު (ތުއްބީގޭ ދޮންބީފާނު)އާ ފުރަތަމައަށް ކައިވެނި ބެއްލެވީ ހިތަދޫ ކަތީބުގޭ ދޮން ޢަލި ތަކުރުފާނެވެ. މި ދެ ކަނބަލުންނަށް ލިބުނީ ތުއްބީގެ ބޮޑު އަޙްމަދު ތައްޚާނު (ތުއްބީގެ ބެއްޔާ) އާއި ތުއްބީގެ ބޮޑު އިބްރާހީމް ތައްޚާނު (ތުއްބީގެ އަބޫ) އެވެ. ދެން ތުއްބީގޭ މަރްޔަމްފާނު (ތުއްބީގޭ ދޮންބީފާނު)އާ ކައިވެނި ބެއްލެވީ މީދޫ ކުންނިޔަރު ޢަލި ތަކުރުފާނެވެ. މި ކައިވެނީން ލިބުނީ ތުއްބީގެ ޙަސަން ތައްޚާނު އާއި، ތުއްބީގެ މުޙައްމަދު ތައްޚާނު (ތުއްބީގެ ކުދު ތައްޚާނު) އާއި، ތުއްބީގެ ކަތްދާފާނު އާއި، ތުއްބީގެ ކުޑަ އިބްރާހީމް ތައްޚާނު އާއި، ތުއްބީގެ ޙައްވާފާނު އާއި، ތުއްބީގެ ދޮން ތައްޚާނު އާއި، ތުއްބީގެ ސަންފާފާނު އާއި، ތުއްބީގެ އިސްމާޢީލް ތައްޚާނު އާއި، ތުއްބީގެ ކުޑަ އަޙްމަދު ތައްޚާނު އެވެ. މި 11 ބެއިންނަކީ އައްޑޫ ހިތަދޫ ތުއްބީގެ ދަރިކޮޅުގެ ގޮފިތައް ނިސްބަތް ވާ ކާފައިންނާއި މާމައިންނެވެ.
އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަޙްމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ޙަސަން ޚަޠީބުގެ ކަޅިހާރު އަބޫބަކުރު ޚަޠީބުގެ ދޮންދަނަބޫގެ ދޮން ޙައްވާގެ އިބްރާހީމް ތަކުރުގެ ޢައިޝާ ރަނިޔަ (ދޮންދަނަބޫގޭ ޢާއިޝާ ރަނިޔަ އަދި ކަޅިހާރު ޢާއިޝާ ރަނިޔަ)އާ ހުވަދޫ މާމެންދޫ މުދިންގޭ އިބްރާހީމް ކަލޭގެފާނު ކައިވެނި ބައްލަވައިގެން ލިބުނު ކަޅިހާރު މުޙައްމަދު ޚަޠީބު މަނިކާ ކައިވެނި ބެއްލެވީ އަލްފަޤީހު ސުލައިމާނު ޤާދިރީ ކަލޭގެފާނުގެ ޞޫރު ޤާދިރީ ކަލޭގެފާނުގެ ޢީސާ ޤާދިރީ ކަލޭގެފާނުގެ ދަރިކަލުން އަލްފަޤީހް އަލްޙާފިޡް އަލްޥަރަޢު ވައްޒާހިދު އައްޝައިޚް އަލްޢާލިމް ޔޫސުފުގެ ޔަޙްޔާ ނާއިބުގެ ދޮން ޚަދީޖާބޫގެ މަޙްމޫދު ނާއިބުގެ ދޮންބުބޫގެ ދޮން ޙަސަން ޚަޠީބުގެ ކަޅިހާރު އަބޫބަކުރު ޚަޠީބުގެ ދޮން އަޙްމަދު ޚަޠީބުގެ ދޮން އައިޝާ ރަނިޔަގެ ދޮންކަމަނާ (ދޮންއާބުގޭ ދޮންކަމަނާ)އާ އެވެ. ލިބުނީ ކަޅިހާރު ޙަސަން މަނިކާ (ދޮންއާބުގޭ ޙަސަން މަނިކާ)އެވެ. މި ޙަސަން މަނިކާ، ދޮން ޢުމަރު ނާއިބުގެ ދޮން މަޙްމޫދު ޚަޠީބުގެ ދޮން ޔޫސުފުގެ ޢުމަރު ތަކުރުގެ ޙަސަން މަނިކާގެ ޢާއިޝާބީގެ މަރްޔަމްބީއާ ކުރި ކައިވެނީން ލިބުނީ ކަޅިހާރު އާމިނާފާނު އާއި، ކަޅިހާރު މެދުބީފާނު އާއި، ކަޅިހާރު ކުދުތައްޚާނު އާއި، ކަޅިހާރު ސިއްތީފާނު އާއި، ކަޅިހާރު ސަންފާފާނު އާއި، ކަޅިހާރު އެޅެދައިތާ އާއި، ކަޅިހާރު ތައްޚާނު އާއި، ކަޅިހާރު ޢާއިޝާފާނެވެ.
ކަޅިހާރު ޙަސަން މަނިކާ (ދޮންއާބުގޭ ޙަސަން މަނިކާ)، ހުޅުދޫ ދޮންދިޔަގެ ފާޠިމާފާނުއާ ކުރި ކައިވެނީން ލިބުނީ ކަޅިހާރު މަރްޔަމްފާނު އާއި، ކަޅިހާރު ދޮން ކަތްދާ މަނިކުފާނު (ކަޅިހާރު ޢާއިޝާ މަނިކުފާނު) އާއި، ކަޅިހާރު ދޮން ޢަލި ތަކުރުފާނު އާއި، ކަޅިހާރު ޙުސައިން ތައްޚާނު އެވެ.
ދިވެހިރާއްޖެ މިނިވަން ވި ފަހުން އުފެދުނު ޖުމްހޫރީ ވެރިކަމުގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަކީ މީގެ ތެރެއިން ކަޅިހާރު ދޮން ކަތްދާ މަނިކުފާނުގެ ދަރިކޮޅުން ވަޑައިގަތް ބޭފުޅެކެވެ. ރައީސް ނާޞިރަކީ ކަޅިހާރު ދޮން ކަތްދާ މަނިކުފާނުގެ ޙުސައިން ދީދީގެ ފުވައްމުލަކު ދަޑިމަގު ގަނޑުވަރު މަރްޔަމްދީދީގެ އައްނާއިބު އަލްޚަޠީބު ނަޔާގޭ މޫސާދީދީގެ ޢާއިޝަތުދީދީގެ ދަރިކަލުން މާލޭ ވެލާނާގޭ އިބްރާހީމް ނާޞިރުއެވެ.
ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ނުލިބި، އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރު، އިނގިރޭސީންގެ މަދަދާ އެކު ރާއްޖޭގެ ދެކުނުގައި އުފެއްދި ސުވާދީބު ޖުމްހޫރިއްޔާގެ ރައީސް ޢަބްދު ﷲ ޢަފީފުދީދީއަކީ މީގެ ތެރެއިން ކަޅިހާރު ދޮން ޢަލި ތަކުރުފާނުގެ ދަރިކޮޅުން ވަޑައިގަތް ބޭފުޅެކެވެ. ރައީސް ޢަފީފަކީ ކަޅިހާރު ދޮން ޢަލި ތަކުރުފާނުގެ ވާރުގޭ އެޅެދީދީ (މުޙައްމަދުދީދީ)ގެ ޢަލިދީދީގެ ދަރިކަލުން އައްޑޫ ހިތަދޫ ފިނިފެންމާގޭ ޢަބްދު ﷲ ޢަފީފުދީދީއެވެ. ސުވާދީބު ޖުމްހޫރިއްޔާ ނިމުމަކަށް އައުމުން ޢަބްދު ﷲ ޢަފީފުދީދީ ދިރިއުޅުއްވީ ސެސެލުގައެވެ. (ސީޝެލްސްގައެވެ.) ޢަބްދު ﷲ ޢަފީފުދީދީގެ ދަރިކަލުން އަޙްމަދު ޢަފީފުއަކީ ސީޝެލްސްގެ މި ވަގުތުގެ ނާއިބު ރައީސެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު