ދުނިޔޭގެ ބައްރުތަކުގެ ތެރެއިން ކޮވިޑް ނުފެނި އޮތް ހަމައެކަނި ބައްރު އެންޓާކްޓިކާ އިން ކޮވިޑް ކޭސްތަކެއް ފެނިއްޖެ އެވެ.
ކޮވިޑްގެ ކޭސްތަކެއް ފެނިފައިވަނީ އެންޓާކްޓިކާގެ މެގަލޭންސްގައި ހުންނަ ޗިލީގެ ބޭސް އަކުންނެވެ. ޗިލީގެ އަސްކަރިއްޔާ އިން ބުނީ، ކޮވިޑްގެ ކޭސްތަކެއް ފެނިިފައިވަނީ ބޭސްގައި ދިރިއުޅޭ ސިފައިންގެ 26 މީހުންގެ އިތުރުން އެތަނުގައި މަސައްކަތް ކުރާ އާންމުންގެ 10 މީހުންގެ ފަރާތުން ކަމަށެވެ.
އެމީހުންނަށް ކޮވިޑް ޖެހުނީ އެސަރަހައްދަށް ނޮވެމްބަރު ފަހުކޮޅު ދަތުރުކުރި ބޯޓެއްގެ ސަބަބުން ކަަމަށާއި އެގޮތުން އެ ބޯޓުން ދަތުރުކުރި ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޗިލީގެ އަސްކަރިއްޔާ އިން ބުނެ އެވެ.
އެންޓާކްޓިކާގައި ހުންނަ ޗިލީގެ ބޭސް އިން ކޮވިޑް ފެނުމާއެކު މިހާރުވަނީ އެބޭސް ބަންދުކޮށް ސިއްހީ މާހިރުންގެ އެހީގައި މޮނިޓާ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ