ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާގެ އަދަދު 10،000 ޑޮލަރަށްވުރެ މަތިވެއްޖެ ނަމަ ކަސްޓަމްސްއަށް ރިޕޯޓުކުރަންޖެހޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލު ގެނެސްފިއެވެ.
މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާގެ އަދަދު 10،000 ޑޮލަރު ނުވަތަ އެއަށްވުރެ މަތިވެއްޖެނަމަ ކަސްޓަމްސްއަށް އަންގަންޖެހޭނެ ކަމަށެވެ.
މި ގަވާއިދަށް އަމަލު ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.
މި ގާނޫނުގައި މީގެ ކުރިންވާ ގޮތުން ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާގެ އަދަދު 30،000 ޑޮލަރަށްވުރެ މަތިވެއްޖެނަމަ ކަސްޓަމްސް އަށް ރިޕޯޓުކުރަން ޖެހެއެވެ. ނަމަވެސް އެ ގަވާއިދަށް މިދިޔަ އަހަރުވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އެ އަދަދު 20،000 ޑޮލަރަށް ދަށްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު