ބުރުންޑީގެ ކުރީގެ ރައީސް ޕޭރީ ބުޔޯޔާ އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 71 އަހަރުގެ ބުޔޯޔޯގެ އާއިލާއާ ހަވާލާދީ އޭއެފްޕީގައި ބުނެފައިވަނީ، އޭނާ އަވަހާރަވީ ކޮވިޑް ޖެހިގެން ފްރާންސްގެ ޕެރިހަށް ފަރުވާ ހޯއްދެވުމަށް ދަތުރުކުރައްވަމުން ގެންދަވަނިކޮށެވެ.
ބުޔޯޔާ ވަނީ މީގެ ހަފްތާއެއް ކުރިން އެފްރިކަން ޔޫނިއަން އިން މާލީ އާއި ސަހޭލްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕެޝަލް އެންވޯއީ ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އޭނާ ފާހަގަކުރެވިފައިވަނީ ބުރުންޑީގައި ޑިމޮކްރަސީ ގާއިމްކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ