ހަތިޔާރާއެކު ސިފައިންގެ އަސްކަރީ ތަަމުރީނުތަކެއް އަނެއްކާވެސް ކ. ގިރިފުށީގައި ހިންގަން ތައްޔާރު ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގިރިފުށީގައި ހިންގާ ތަމްރީންތައް އޮންނާނީ މިމަހުގެ 27 އިން 30 ގެ ނިޔަލަށް ކަމަށެވެ.

އެ ތަމްރީނުތައް ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސި 6:30 އިން ރޭގަނޑު 10:30 އަށެވެ. ނަމަވެސް މިމަހުގެ 28 އިން 30 އަށް ތަމުރީނުތައް ކުރިއަށް ދާނީ އިރުއޮއްސި 6:30 އިން ރޭގަނޑު 9:00 އަށެވެ.

ގިރިފުށީގައި ބާއްވާ ތަމްރީނުތަކުގައި ބޭނުންކުރަނީ އޭކޭ ސީރީޒް ރައިފަލެވެ. އަދި ވަޒަން ދަތުރު ކުރާނީ ވައިގެ ސަރަހައްދުގެ 100 މީޓަރުގެ އުސްމިނާއި 4100 މީޓަރުގެ ދުރުމިނަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ގިރިފުށީގައި އަސްކަރީ ތަމްރީންތަކެއް ހިންގަން އެމްއެންޑީއެފުން ތައްޔާރުވެފައިވާ އިރު، އެމްއެންޑީއެފުން އަންނަނީ ލ. ކައްދޫގައި ހުންނަ ސިފައިންގެ ޓްރެއިނިން ސެންޓަރުގައި މިހާރުވެސް ހަތިޔާރާއެކު ތަމްރީންތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހު ފެށި އެ ތަމްރީނުތައް ނިމޭނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.