އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 98.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހަތް މީހެއްގެ މައްޗަށް ދިހަ ދައުވާއެއް ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެއްޗާއެކު މިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އައްޑޫއިން ހައްޔަރުކުރި މީހުންގެ ތެރެއިން ހަތް މީހުންގެ މައްޗަށް ދިހަ ދައުވާ ހިތަދޫ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރި ފުލުހުންގެ އިންވެސްޓިގޭޓަރުން ހިންގީ ރަނގަޅު ތަހުގީގެއް ކަމަށާއި ޕީޖީ އޮފީހުގެ ޑްރަގު ޔުނިޓުގެ ބޭފުޅުން، އެބޭފުޅުންގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި ކޯޓުގައި ރަނގަޅު ކޭހެއް ހުށަހެޅުމަށް ޕީޖީން ތައްޔާރު ކަމަށް ވެސް ވިދާޅުވިއެވެ.

އައްޑޫގައި ހިންގި އެ އޮޕަރޭޝަނުގައި 16 މީހަކު ބަންދުކޮށް، ޖުމުލަ 98 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދިއެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްލައި، ބައެއް މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

  • ‎އަބްދުﷲ އިބްރާހީމް ސ. ހިތަދޫ/ފިނިފަރު

ދައުވާ 1: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން

‎ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން.

‎ދައުވާ 2: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން

‎ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ (ހ) އާ 140 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ 111 ވަނަ މާއްދާގެ (ނ) ގެ ދަށުން.

ދައުވާ 3: ޑައިމޯފިން ޓްރެފިކްކުރުން

‎ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އާ 137 ވަނަ މާއްދާގެ (ބ) އާ ހަވާލާދީ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން.

  • މުހައްމަދު ޔާމިން ނަސީރު ސ.ހިތަދޫ/ކޯޅި

ދައުވާ 1: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން

ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 111 ވަނަ މާއްދާގެ (ހ) އާ 140 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ 111 ވަނަ މާއްދާގެ (ނ) ގެ ދަށުން.

‎ދައުވާ 2: ޑައިމޯފިން ޓްރެފިކްކުރުން

‎ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އާ 137 ވަނަ މާއްދާގެ (ބ) އާ ހަވާލާދީ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން.

  • އަބްދުﷲ ސައީދު ސ. ހިތަދޫ/ވައިޓްރޯސް

ދައުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން

‎ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން.

  • ހުސައިން ސިމާހު ސ. ހިތަދޫ/މަންދޫބުގެ

ދައުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން

ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން.

  • ހަސަން އާމިރު ސ. ހިތަދޫ/ފިނިފަރު

ދައުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން

‎ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 112 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން.

  • ރުޝާން އަހްމަދުދީދީ ސ. ހިތަދޫ/މަންދޫބުގެ

ދައުވާ: ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެހީތެރިވެދިނުން

‎ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 112 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން.

  • ހޫދު ލަތީފް ސ. ހިތަދޫ/ބްލޫބާރޑް