ބޭރޫތުގައި ގޮވި ހާދިސާއާ ގުޅިގެން ބޮޑުވަޒީރުގެ މައްޗަށް ދައުވާ ކުރަން ނިންމައިފިއެވެ.

ލުބުނާނުގެ ކޯޓުން ވަނީ ބޮޑުވަޒީރު ހަސަން ދިއަބްގެ އިތުރުން ކުރީގެ ތިން މިނިސްޓަރަކާ ދެކޮޅަށްވެސް ދައުވާކުރަން ނިންމައިފައެވެ. އެގައުމުގެ ކޯޓުން ވަނީ ކުރީގެ ޕަބްލިކް ވޯކްސް ދެ މިނިސްޓަރުގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފައެވެ.

ތަހުގީގުން ވަނީ ބޭރޫތުގެ ޕޯޓުގައި ގޮވި ހާދިސާ އަކީ ދައުވާ އުފުލާފައިވާ އިސް ވެރިންގެ އިހުމާލުން ހިނގި ހާދިސާއެއްގެ ގޮތުގައި ފާހަގަވެފައެވެ.

ތަހުގީގުން ވަނީ އެހާދިސާ ހިނގާފައިވާ ގުދަނުގައި ނުރައްކާތެރި ކެމިކަލް ހުރިކަން ކުރީގެ ސަރުކާރުގެ ސަމާލުކަމަށް އެތައް ފަހަރެއްގެ މަތިން ގެނެސްފައިވާކަން ހާމަވެފައެވެ. ބޭރޫތު ޕޯޓުގައި ގޮވުމުގެ ހާދިސާއާ އެކު އޭރުގެ ސަރުކާރުވަނީ އިސްތިއުފާ ދީފައެވެ.

2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ގުދަނެއް ގޮވައި ބޭރޫތުގައި ހިނގި ހާދިސާގައި 200 އަށް ވުރެ ގިނަމީހުން މަރުވެ އެތައްހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.