މިއަހަރުގެ އަހަރީ އޮޑިޓް ކުރުމަށް އޮޑިޓް ފާމެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އިއުލާނުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން 2020 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް، އިންސްޓިޓުއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އެކުލަވާލައްވާފައިވާ ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސް ހިދުމަތް ދިނުމުގެ ގަވައިދުގެ ދަށުން ލައިސަންސް ލިބިފައިވާ އޮޑިޓް ފާމެއް ހަމަޖެއްސުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭނުންވާ ކަމަށެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އަހަރީ އޮޑިޓް ކުރަން ބޭނުންވާ ފަރާތްތަތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ރައްޔިތުންގެ މަޖިލީހަށް ގޮސް މައުލޫމާތު ސާފުކުރުން އެދޭ ކަމަށެވެ.
އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު