ސްޕެއިންގެ ޒުލަކުން ހަތަރު ސިންގާއެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ސްޕެއިންގެ ބާސެލޯނާ ޒުލުގެ ހަތަރު ސިންގާއެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެޒުލުގެ އޮފިޝަލުން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
އަންހެން ތިން ސިންގާގެ އިތުރުން ފިރިހެން ސިއްގާއެއް ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ ސިންގާތަކުގެ ހަށިގަނޑުން ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ. ޒުލުގެ އޮފިޝަލުން ވަނީ މިދިޔަ މަހު ޒޫ ބަލަހައްޓާ ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވިކަން ވެސް އާންމުކޮށްފައެވެ.
ސިންގާތަކުގެ ސާމްޕަލްތައް ވަނީ އިންސާނުންގެ ސާމްޕަލްތައް ވެސް ޓެސްޓު ކުރާ ޕީސީއާރް ޓެސްޓު މެދުވެރިކޮށް ބަލައިފައެވެ.
މީގެ ކުރިން ނިއުޔޯކްގެ ޒުލަކުންވެސް ޖަނަވާރުތަކެއް ކޮވިޑަށް ޕޮޒިޓިވްވި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ބާސެލޯނާ ޒުލުގެ އޮފިޝަލުން ވަނީ ނިއުޔޯކް ޒުލުގެ އޮފިޝަލުން ބަލި ޖަނަވާރުތައް ގެންގުޅުނު ގޮތް ބެލުމަށް އެއޮފިޝަލުންނަށް ގުޅައި މައުލޫމާތު ހޯދައިފައެވެ.
ބާސެލޯނާ ޒުލުގެ އޮފިޝަލުން މިހާރުވަނީ ސިންގާތައް ޕޮޒިޓިވް ވިސަބަބު ހޯދުމަށް ތަހުގީގު ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ