ބައިޑަން ސަރުކާރުގެ ޑިފެންސް ސެކްރެޓަރީ އަކަށް ކުރީގެ ޖެނެރަލަކު އައްޔަން ކުރުމަށް ނިންމައިފި ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.
އުމުރުން 67 އަހަރުގެ ރިޓަޔާޑް ޖެނެރަލް ލޯއީޑް އައުސްޓިން އަށް ޑިފެންސް ސެކްރެޓަރީގެ މަގާމު ލިބިވަޑައިގެންފި ނަމަ ވެގެންދާނީ އެމަގާމު ލިބިވަޑައިގަންނަވާ ކަޅު ނަސްލު ފުރަތަމަ ބޭފުޅާއަށެވެ.
އެމެރިކާގެ މިލިޓަރީގައި ދިގު މުއްދަތަކަށް ހިދުމަތްކުރެއްވުމަށްފަހު އައުސްޓިން ރިޓަޔާ ވެވަޑައިގެންފައިވަނީ 2016 ވަނަ އަހަރުއެވެ.
އައުސްޓިން އެންމެ ފާހަގަ ކޮށްލެވެނީ ރައީސް އޮބަމާގެ ވެރިކަމުގައި މެދުއިރުމަތީގެ އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ކޮމާންޑަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ކޮމާންޑަރެއްގެ ގޮތުގައެވެ. އޭނާވަނީ އިރާގުގެ އިތުރުން ސީރިއާގައިވެސް ނުރައްކާތެރި މިޝަންތަކުގެ ކޮމާންޑަރުކަން ކުރައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ