އިތުރު ތައާރަފަކަށް ބޭނުން ނުވާ ޔުނިބޯލް ބްރޭންޑްގެ ގަލަމާއި، ޕޮސްކާ މާކަރު ހޯލް ސޭލް އަދި ރީޓެއިލް ކޮށް މިހާރު ޕްރޮކިއޯ ޕްލަސް އިން ލިބޭނެ އެވެ. މި ގޮތުން ސްޓޭޝަނަރީ ފިހާރަ ތަކަށް ވަރަށް ހާއްސަ އަގުތަކެއް ހަމަ ޖެހިގެން ދާނެ އެވެ. މީގެ ސަބަބުން ފިހާރަތަކުން ބަލްކް ސްޓޮކެއް ބަހައްޓާކަށް ނުޖެހޭނެ އެވެ.

ޔުނިޕިން އަކީ ޑޫޑްލް ކުރުމަށް ދުނިޔޭގައި މަޝްހޫރު ގަލަމެކެވެ. ޕްރޮކިއޯ ޕްލަސްއިން ވަނީ އެ ބްރޭންޑްގެ އެކި ކުލަކުލައިގެ ގަލަން ތައާރަފުކޮށްފައެވެ.

ޕޮސްކާ މާކަރަކީ އާންމު ގޮތެއްގައި ކުރެހުމަށް ބޭނުން ކުރާ މާކަރެކެވެ. އެގޮތުން ޕޮސްކާ މާކަރުގެ ދެއްޔަކީ ފަސޭހައިން ހިކޭ އަދި ފޮހެލަން އުނދަގޫ ދެއްޔެކެވެ.

ޔުނިބޯލް ގަލަމަކީ ރާއްޖޭ ގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކޮލިޓީ ގަލަން ތަކެކެވެ. މިގޮތުން ގިނަ ރޭންޖް ތަކެއްގެ ގަލަން ޕޮރޮކިއޯ ޕްލަސް އިން ލިބެން ހުންނާނެ އެވެ.

ޕްރޮކިއޯއިން ބުނީ ކަސްޓަމަރުން ބޭނުންވާ ވަރަށް ޔުނިބޯލްގެ އައިޓެމްތައް އެ ފިހާރައިން ހުސް ނުވެ ލިބެން ހުންނާނެ ކަމަށާއި ޔުނިބޯލްގެ އައިޓެމްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ޕްރޮކިއޯ ޕްލަސްއިން މިވަނީ އާޓްގެ ދުނިޔޭގައި މަޝްހޫރު ބްރޭންޑްތައް ރާއްޖެއަށް ތައާރަފުކޮށްފައެވެ. ހާއްސަކޮށް ޕްރޮފެޝަނަލް އާޓް ރޭންޖުގެ ހުރިހާ ސާމާނެއް ޕްރޮކިއޯ ޕްލަސްއިން މިހާރު ލިބެން ހުންނާނެއެވެ.

ޕްރޮކިއޯ ޕްލަސް އަކީ، ޔޮސޯގޯ، ލަބޫމް، ސައިކާއީ، ފާސްޓާ އަދި މުންގިއޯގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއެވެ. ޕްރޮކިއޯ ޕްލަސްއިން ވިއްކާ ތަކެއްޗާ ގުޅޭ އިތުރު މައުލޫމު ހޯދުމަށް 7412277 ގުޅުމަށް އެތަނުން އެދެއެވެ.