ކ. މާފުށީގައި ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން އަމަލުކުރި ގޮތާ ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހު، އެ މައްސަލައިގައި ފުލުހުންނަށް އިތުރު ފިޔަވަޅެއް ނުވަތަ އެންގުމެއް އަންގަންޖެހޭ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރއްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެގޮތަށް ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.
ކޮމިޓީގެ ހުށަހެޅުން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ކ. މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރުމުގައި، މޯލްޑިވްސް ޕޮލިސް ސާވިސްއިން އަމަލުކުރި ގޮތުގައި ކަންބޮޑުންތަކެއް ހުރެގެން އެ އެކަން ހިނގާދިޔަގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މެންބަރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ.
އެ މައްސަލަ ބަލައި މަޖިލިސް ތަޅުމަށް ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުމުުގައި ބުނެފައި ވަނީ، ދެ ބިދޭސިއަކު އެކަކު އަނެއްކެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގަމުންދާކަމަށް ފުލުހުންނަށް ލިބުނު ޝަކުވާއަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށްގޮސް ފައިވާކަމަށެވެ.
އެ މައްސަލަ އަކީ ބިދޭސީ އަންހެންމިހާ ނިވާކަން ކުޑަކޮށް ހުރުމުން ހިނގާފައިވާ ހަަމަނުޖެހުމެއްކަަމަށް ފުލުހުންނަށް އެނގިފައިވާތީ އޭނާގެ ހަށިގަނޑު ނިވާ ކުރުމަށް ތަކުރާރުކޮށް ފުލުހން ނަސޭހަތްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހަމަނުޖެހެހުން ހިނގާފައި ވަނީ ދެ ފަތުރުވެރިންގެ ދެމެދުގައިކަމަށާއި، އެ ދެ ފަތުރުވެރިން ތިބީ މަސްތުގެ ހާލަތުގައި ކަމަށްވެސް ބުނެފައިވެއެވެ.
އެ އަންހެްނ ފަތުރުވެރިޔާގެ ހަށިގަނޑު ނިވާ ކުރުމަށް ފުލުން ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އޭނާ އެކަމަށް އިންކާރުކޮށް ފުލުންގެ ތެރެއިން އެކަކުގެ ބޮލުގައިވާ އައިނު ނަގައި އަތުލާފައިވާ ކަމަށާއި، ކުލަ ހެދުމުގައި ހުރި ފުލުހެއްގެ ކާޑު ދަމައި ގަތުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ފުލުހުންގެ ދަށަށް އެމީހުންގެންދިއުމަށް އުޅުމުން އެކަމަށް މަސައްކަތްކުރި ފުލުހުންގެ އަތުގައި ދަތްއަޅާފައިވާކަކަމަށްވެސް ކޮމިޓީގެ ހުށަހެޅުމުގައި ބުނެފައިވެއެވެ.
ކޮމިޓީން ބުނެފައި ވަނީ އެކަމުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު