ދެވަނަ ފަހަރަށް ހަނދުގައި ދިދަ ހަރުކުރި ގައުމުގެ މަގާމު ޗައިނާއިން ހޯދައިފި އެވެ.

ޗައިނާއިން ހަނދުގައި ކުރިޔަށް ގެންދިޔަ ހާއްސަ ތަހުލީލުތަކެއް ފުރިހަމަ ކުރުމަށްފަހު ޖައްވީ އުޅަނދު ޗަންގް އީ5 ދުނިޔެއަށް މިސްރާބު ޖެހުމުގެ ކުރިން ވަނީ ޗައިނާގެ ދިދަ ހަނދުގައި ހަރުކޮށްފައެވެ.

ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން އިން ވަނީ ދިދަ ހަރުކުރުމަށްފަހު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ.

މީގެކުރިން އެމެރިކާއިންވެސް ވަނީ 1969 ވަނަ އަހަރު ހަނދުގައި ކުރިޔަށް ގެންދިޔަ މިޝަންގައި އެގައުމުގެ ދިގަ ހަނދުގައި ހަރުކޮށްފައެވެ. އަދި އޭގެ ފަހުން ވެސް އެމެރިކާއިން ފަސް ފަހަރެއްގެ މަތިން ހަނދުގައި ދިދަ ހަރުކޮށްފައި ވެއެވެ.

2012 ވަނަ އަހަރު ނާސާއިން އާންމު ކުރި ފޮޓޯއެއްގައި ވަނީ އެމެރިކާއިން ހަނދުގައި ހަރުކުރި ދިދަތައް ހުރި ކަމަށް ދައްކައިފައެވެ.