ރާއްޖޭގެ ހައިކޯޓުގެ އިންސްޓަގްރާމް އެކައުންޓެއް ހުޅުވަން ނިންމައިފިއެވެ.
ހައިކޯޓުން ބުނީ އެ ކޯޓުގެ އިދާރީ ހިންގުމާއި ހައިކޯޓާ ބެހޭ މައުލޫމާތުތައް ފޮޓޯ އަދި ވީޑިއޯ މެދުވެރިކޮށް އާންމުންނަށް ފެންނާނޭހެން ހުޅުވާލުމަށްޓަކައި އިންސްޓަގްރާމް އެކައުންޓެއް ހުޅުވުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
މިއީ ރާއްޖޭގެ ކޯޓަކުން އިންސްޓަގްރާމް އެކައުންޓެއް ހުޅުވުމަށް ނިންމި ފުރަތަމަ ފަހަރެވެ.
ހައިކޯޓުން އިންސްޓަގްރާމް އެކައުންޓެއް ހުޅުވަން ނިންމާފައިވާ އިރު، އެ ކޯޓުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ކޯޓުގެ ޝަރީއަތްތަކާއި ޝެޑިއުލްގެ މައުލޫމާތުތައް ހިއްސާ ކުރަމުންނެވެ.
ކޮވިޑާ ގުޅިގެން ކޯޓުތަކުގެ ޝަރީއަތްތައް އަންނަނީ ޔޫޓިއުބް އަދި ޓުވިޓާ މެދުވެރިކޮށް ލައިވް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު