އދ. ފެންފުށީގައި ގެއްލިގެން ހޯދަމުންދިޔަ ހަތަރު އަހަރުގެ ކުއްޖަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން ބުނީ ފެންފުށީގައި ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން އުޅޭ ކަމަށް މިއަދު 3:50 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެކުއްޖާ ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ. އަދި ހެލްތު ސެންޓަރަށް ކުއްޖާ ގެންދިޔަ އިރުވެސް އެ ކުއްޖާ މަރުވެފައިވާ ކަމަށް ފެންފުށި ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
ފެންފުށި ކައުންސިލްގެ މެމްބަރަކު "ވަން" އަށް ވިދާޅުވީ، މިއަދު މެންދުރެއްހާއިރު ގެއްލުނު އެކުއްޖާ މަރުވެފައި އޮއްވައި ފެނުނީ އޭގެ ގަޑިއެއްހާއިރު ފަހުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު