ހޮންގްކޮންގްގެ ޕޮލިސް ސްޓޭޝަނަކަށް ބިސް ޖެހި މީހަކު 21 މަހަށް ޖަލަށް ލައިފިއެވެ.
ހޮންގްކޮންގްގައި ކުރިޔަށްދިޔަ މުޒާހަރާއެއްގައި މި އަމަލު ހިންގި، އެގައުމުގެ 31 އަހަރުގެ ޕުން ހޯ ޗިއު ނަމަކަށް ކިޔާ އެމީހާ އަށް ހުކުމްކޮށްފައިވަނީ ހޮންގްކޮންގްގެ ކޯޓަކުންނެވެ.
ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވީ ބިހަކީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށާއި ޕޮލިސް ސްޓޭޝަނަކަށް ބިސް ޖެހުމަކީ އެމީހުންގެ މަސައްކަތަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށެވެ. އަދި އެއީ އާންމުންނަށް ހުރި ނުރައްކަލެއް ކަމަށްވެސް ފަނޑިޔާރު ވަނީ ފާހަގަ ކުރައްވައިފައެވެ.
ހޮންގްކޮންގުގެ ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރު ކޮށްފައިވާ ބޮޑެތި މުޒާހަރާތަކުގައި ހާހަކަށްވުރެ ގިނަ މީހުން ހައްޔަރުކޮށް މައްސަލަ ބަލައި ކޯޓު މަރުހަލާތައް އަދިވެސް ދަނީ ކުރިޔަށެވެ.