އިރާނުގެ އިސް ނިއުކްލިއާ ސައިންޓިސްޓެއް ކަމަށްވާ މޮހްސެން ފަހްރިޒާދާ މަރާލައިފިއެެވެ.
އިރާނުގެ ވެރިރަށް ތެހެރާންއާ ކައިރި ހިސާބުން މޮހްސެން ފަހްރިޒާދާއަށް ދިން ހަމަލާއެއްގައި އޭނާ މަރުވެފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އިރާނުގެ އޮފިޝަލުން ބުނާގޮތުގައި ފަހްރިޒާދާ މަރުވެފައިވަނީ ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށެވެ. ފަހްރިޒާދާއަށް ހަމަލާދީފައިވަނީ ދަތުރުކުރަމުންދިޔަ ކާރަށް ބަޑިން ހަމަލާ ދީގެންނެވެ. ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލައިފައެއް ނުވެއެވެ.
އިރާނުގެ ހާރިޖީ ވަޒީރު މުހައްމަދު ޖަވާދް ޒާރިފް ވަނީ ފަހްރިޒާދާ މަރާލާފައިވާތީ އެކަން ކުށްވެރިކޮށް އެއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ފަހްރިޒާދާ މަރާލާފައިވަނީ އިރާނުން އެގައުމުގައި ކަރަންޓު އުފެއްދުމާއި، ހަނގުރާމަ މަތީ އާލާތްތައް އުފެއްދުމުގައި ޔޫރޭނިއަމް ފައްކާ ކުރަމުންދާ ކަމަށް ތުހުމަތު ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
އިރާނުގެ ނިއުކްލިއާ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ގެންދަނީ ފަހްރިޒާދާ ކަމަށް ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ