މަޝްހޫރު ޔުނިވާސަލް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެއް ޑިރެކްޓަރު ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވެއްޖެއެވެ.

ޑރ. އިބްރާހިމް އުމަރު މަނިކު އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސިންގަޕޫރުގައެވެ. އުމުރުން 68 އަހަރުގައި އޭނާ އަވަހާރަވި އިރު އޭނާގެ ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ.

ޔުނިވާސަލްގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ކޮއްކޯފުޅު ޑރ. އިބްރާހިމް އުމަރު މަނިކަކީ ރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. އަދި އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސެންޓްރަލް ހޮސްޕިޓަލުގައި ހިދުމަތް ކުރައްވައިފައެވެ.