ކުކުޅު ފިހާރަ

ކުކުޅު ފިހާރައިގެ "އިޔާ އެންޑް ޕްރޮމޯޝަން"ގެ ތިން ވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި

މަރިޔަމް ޝަހުދާ

ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ ކުކުޅު ފިހާރައިން، އަހަރު ނިންމުން ފާހަގަކުރުމަށް ކުރިއަށްގެންދާ "އިޔާ އެންޑް ޕްރޮމޯޝަން"ގެ ތިން ވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

މި މަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ތިން ވަނަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ސައުޝަން އެވެ.

ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓަށް ލައިކް ކުރުމަށްފަހު އެ ޕޯސްޓު ޝެއާ ކުރަންޖެހޭނެ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހު ނަގާ ގުރުއަތަކުންނެވެ. އަދި ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔާ، ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައި އިއުލާން ކުރާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރިންނަށް އިނާމަކަށް ދެނީ ގަސް އިންދުމަށް ބޭނުންވާ ސާމާނު ހިމެނޭ ގިފްޓް ޕެކެކެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކުކުޅު ފިހާރަ އިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އެ ފިހާރައިގެ އީ-ޝޮޕިން މޯލް ހުޅުވުމާއެކު އެކި ސާމާނު އަގުހެޔޮކޮށް މިހާރު ލިބެން ހުރެ އެވެ. އެގޮތުން އެން 95 މާސްކާއި ސެނެޓައިޒާ އެ ފިހާރައިގެ އީމޯލުން މިހާރު ލިބެން ހުންނައިރު މިފަހުން ގަހާއި ގަސް އިންދުމަށް ބޭނުންވާ ސާމާނު ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން މީގެ ކުރިން ބުނެފައިވެ އެވެ.

ކުކުޅު ފިހާރައިގެ ތިން އައުޓްލެޓެއް މާލޭގައި ހުންނަ އިރު ހުޅުމާލޭގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ. އަދި އަތޮޅު ތެރޭގައި އއ. ތޮއްޑޫ، ރ. މަޑުއްވަރީ އަދި ސ. ހިތަދޫގައި ވެސް އެ ފިހާރައިގެ އައުޓްލެޓެއް ވަނީ ހުޅުވައިފަ އެވެ.

ކުކުޅު ފިހާރައިން ބުނީ، މާލެ އާއި އަތޮޅުތެރޭގައި އެ ފިހާރައިގެ އިތުރު އައުޓްލެޓުތައް ހުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ކުކުޅު ފިހާރައިގެ އަޒުމަކީ އެ ފިހާރައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކޮށް، ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާ، އަގުހެޔޮ، ފިނިކުރި ތަކެތި ފޯރުކޮށްދިނުމެވެ.

ކުކުޅު ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މައުލޫމާތު ހޯދުމަށް ހުޅުމާލެއިން ނަމަ 9666575 އަށް އަދި މާލެއިންނަމަ 9986575 އަށް ގުޅުމަށް އެ ފިހާރައިން އެދެއެވެ.