އިސްލާމިލް މިނިސްޓްރީން ތައްޔާރުކުރި 2021 އަހަރުގެ ކަލަންޑަރު ވިއްކަން ފަށައިފި އެވެ.

ހިޖުރީ ތާރީހާއި މީލާދީ ތާރީހު ހިމަނައިގެން ހަދާފައިވާ އެ ކަލަންޑަރު ފަރުމާކޮށްފައިވަނީ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކާއި ނަކަތްތައް އަދި ނަމާދު ވަގުތު އެނގޭނެ ގޮތަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، 2021 ވަނަ އަހަރުގެ ވޯލް ކަލަންޑަރާއި ޓޭބަލް ކަލަންޑަރު މިއަދުން ފެށިގެން ވިއްކަން ފަށާފައިވާ ކަމަށެވެ. ވޯލް ކަލަންޑަރު ވިއްކަނީ 25 ރުފިޔާއަށެވެ. ޓޭބަލް ކަލަންޑަރެއްގެ އަގަކީ 65 ރުފިޔާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ސަރުކާރުގެ ރަސްމީ ގަޑީގައި އެ މިނިސްޓްރީގެ ކައުންޓަރުން ކަލަންޑަރު ގަންނަން ލިބޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 3020271 އަށް ގުޅުމަށް މިނިސްޓްރީން އެދެ އެވެ.