ފުނި ޖެހިފައިވާ ރެފިއުޖީ ކޭމްޕުތައް ގިނަ ފަލަސްތީންގެ ގާޒާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، ސިއްހީ ނިޒާމަށް ނުކަތާވަރު ވެދާނެ ކަމަށް ސިއްހީ އޮފިޝަލުން ބުނެފި އެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވެ ގާޒާގެ އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު ކޮވިޑް ޖެހެމުން އަންނަ ކަމަށެވެ. އަދި އެ އެންމެންނަށް ފަރުވާދޭނެ ނިޒާމެއް އެ ސިޓީގައި ނެތްއިރު ގާޒާގައި ހުރީ އެންމެ 500 ހޮސްޕިޓަލު އެނދު ކަމަށް ބުންޏެވެ.
އޮފިޝަލު ވިދާޅުވީ، ހޮސްޕިޓަލު އެނދުގެ އިތުރުން ސިއްހީ ފަރުވާއަށް ބޭނުންވާ އާލާތްތައް ވެސް ހުސްވަމުން އަންނަ ކަމަށެވެ. ނަމަވެސް އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ސިއްހީ ހިދުމަތް ދޭ އާލާތްތަށް ލިބުން ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.
ފަލަސްތީނުގައި މިހާތަނަށް 74،350 ކޮވިޑް ކޭސް ފެނިފައިވާއިރު 633 މީހުން ވަނީ އެބަލީގައި މަރުވެފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ