އާޓްގެ ދާއިރާއަކީ ދިވެހިންގެ ފަންނުވެރިކަން އިތުރަށް ދައްކުވައިދޭ ދާއިރާއެކެވެ. މޮޅެތި ޕެއިންޓަރުންނާއި ކުރެހުންތެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިއިރު، އެ އާޓިސްޓުންގެ މަސައްކަތަށް ހަގީގީ ފުރިހަމަކަމެއް ގެނެސްދެނީ ކުރެހުމެއް ކުރެހުމަށް ނުވަތަ ޕެއިންޓްކުރުމާއި އެނޫންވެސް އާޓްވޯކެއް ހެދުމަށް ބޭނުންކުރާ ތަކެއްޗެކެވެ. ބައެއް ފަހަރު އާޓްވޯކަށް ބޭނުންވާ ހުރިހާ ސާމާނު އެއް ތަނަކުން ނުލިބި އެކި ތަންތަނުގައި އަތްފުޅާ އަޅަންވެސް ޖެހެއެވެ. ނަމަވެސް "ޕްރޮކިއޯ ޕްލަސް" އާއެކު އެ ކަންބޮޑުންތަކަށް މިވަނީ ނިމުމެއް އައިސްފައެވެ.
އަބަދަށް ފެހި މަގުގައި ހުންނަ ޕްރޮކިއޯ ޕްލަސް އަކީ، އޮފިސްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް އަދި އާޓް އެންޑް ކްރާފްޓިންއަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން އެކި ކަހަލަގެ ޕްރިންޓަރާއި ކާޓްރިޖްވެސް ލިބެން ހުންނަ ފިހާރައެވެ.
ޕްރޮކިއޯ ޕްލަސްއިން މިވަނީ އާޓްގެ ދުނިޔޭގައި، މަޝްހޫރު ބްރޭންޑްތައް ރާއްޖެއަށް ތައާރަފުކޮށްފައެވެ. ހާއްސަކޮށް ޕްރޮފެޝަނަލް އާޓް ރޭންޖުގެ ހުރިހާ ސާމާނެއް ޕްރޮކިއޯ ޕްލަސްއިން މިހާރު ލިބެން ހުންނާނެއެވެ.
- ސަކޫރާ
- މުންގިއޯ
- ޝެއިކާއި
- ލަބޫމް ބްރޭންޑްސް
ސަކޫރާއަކީ އާޓްގެ ދުނިޔޭގައި އޭޝިއާގެ ނަންބަރު އެކެކެވެ. ސަކޫރާ ބްރޭންޑްގެ އެކި ކަހަލަގެ މާކަރާއި ގަލަމާއި ޑޫޑުލް ފިއްސާއި ޖެލީ ރޯލާއި ކަލަރ ރޯލް ފަދަ ތަކެތި ޕްރޮކިއޯ ޕްލަސްއިން މިހާރު ލިބެން ހުންނާނެއެވެ. ހަމަ އެގޮތަށް މުންގިއޯ ބްރޭންޑްގެ އެކި ކަހަލަގެ ގަލަމާއި ކުލަ ފަންސޫރާއި ކުރެހުމަށް ބޭނުންވާ ޕަސްޓަލް ފަދަ ތަކެތިވެސް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން ޝައިކާއީ ބްރޭންޑުގެ ފެންކުލައާއި ކުރެހުމަށް ބޭނުންވާ ކުލަފިއްސާއި ތަށްޓާއި ތުނޑުޖަހާ ދައްޗާއި އެނޫންވެސް ގިނަ ވައްތަރުގެ ތަކެތި ޕްރޮކިއޯއިން ލިބެން ހުންނާނެއެވެ. ކެންވަސްއެއް ބޭނުން ނަމަވެސް ޕްރޮކިއޯ ޕްލަސްއަކީ އެންމެ ރަނގަޅު ޗޮއިސްއެވެ. އެތަނުން ދުނިޔޭގެ މަޝްހޫރު ލަބޫމް ބްރޭންޑްގެ ކެންވަސް ލިބެން ހުންނާނެއެވެ.
ޕްރޮކިއޯ ޕްލަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އައިމިނަތު އައްޔޫބް "ވަން" އަށް ވިދާޅުވީ، ޕްރޮކިއޯ ޕްލަސްގެ އުންމީދަކީ ގިނަ ރޭންޖްތަކުގެ ޕްރޮޑަކްޓްސް ރާއްޖެއަށް ތައާރަފުކުރުން ކަމަށެވެ. އަދި އެތަނުން ގަންނަ ތަކެތި އޮފީސްތަކާއި ރިސޯޓުތަކުގެ އިތުރުން ރަށްރަށަށްވެސް ޑެލިވާ ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. އާމިނަތު ވިދާޅުވީ، އޮންލައިންކޮށް ތަކެތި ގަންނަ ފަރާތްތަކުން ވަކި އަދަދަަކަށް ވުރެ މަތިން ވިޔަފާރިކޮށްފި ނަމަ މާލޭ ސަރަހައްދަށް ރީޓެއިލްކޮށް އެ ގަންނަ ތަކެތިވެސް ޑެލިވާކޮށްދޭނެ ކަމަށެވެ.
ޕްރޮކިއޯ ޕްލަސް އަކީ، ޔޮސޯގޯ، ލަބޫމް، ސައިކާއީ، ފާސްޓާ އަދި މުންގިއޯގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއެވެ. ޕްރޮކިއޯ ޕްލަސްއިން ވިއްކާ ތަކެއްޗާ ގުޅޭ އިތުރު މައުލޫމު ހޯދުމަށް 7412277 ގުޅުމަށް އެތަނުން އެދެއެވެ.
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް