އިންތިހާބު ކާމިޔާބު ކުރާނީ 300 އިލެކްޓޯރަލް ވޯޓާއެކު ކަމަށް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކާއި އިލެކްޓޯރަލް ވޯޓުތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރާނެކަމަށް ބޮޑަށް ބެލެވެނީ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އެވެ.
ގައުމާ މުހާތަބު ކުރައްވައި ބައިޑަން ވަނީ ކެތްތެރިކަމާއެކު ގައުމުގެ ހުރިހާ ރައްޔިތުންވެސް އެކަތިގަނޑަކަށްވެ ތިބުމަށް އެދިވަޑައިގެންފައެވެ.
ބައިޑަން ވަނީ އަދި އިންތިހާބު ކާމިޔާބު ވީ ކަމަށް ނިންމަވާފައި ނުވާ ކަމަށާއި ލިބިވަޑައިގެންފައިވާ ވޯޓުގެ އަދަދުން ސާފުކޮށް އެނގޭ ކަމަކީ އިންތިހާބު ކާމިޔާބު ވާނެ ކަމުގެ އުފާވެރިކަމެއް ކަމަށް ވިދާޅުވެފައެވެ.
ބައިޑަން ވިދާޅުވީ އިންތިހާބުގެ ވޯޓު ގުނާ ނިމެންދެން ހުރިހާ ސަޕޯޓަރުންވެސް ކެތްތެރިކަމާ އެކު ތިބުން މުހިންމު ކަމަށެވެ. ކިތަންމެ ވަރަކަށް ބަޔަކު ވޯޓު ގުނުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް އެކަން ކުރަން ފުރުސަތު ނުލިބޭނެ ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ އިންތިހަބުތަކުގައި އެންމެ ވާދަވެރި ސިޓީތަކުން ޓްރަމްޕަށް ވަނީ ނާކިޔާބީ ކުރިމަތިވެވަޑައިގެންފަ އެވެ. އެގޮތުން ޕެންސިލްވޭނިއާ އާއި އެރިޒޯނާގެ އިތުރުން ނެވާޑާއާއި ޖޯޖިއާއިން ބައިޑަން ވަނީ ކުރި ހޯއްދަވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ